މޯލްޑިވިސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ތަމްރީން ކުރަން ފަށައިފިއެވެ.

ކަސްޓަމްސްގެ 16 މުވައްޒަފުންނަށް މިހާރު ދަނީ އެމްއެންޔޫގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަރޑީޒްގައި ކުރިއަށްދާ "ޕެޓްރޯލިއަމް ސޭފްޓީ އެންޑް ކުއަންޓިޓީ އެސަސްމަންޓް" ކޯހުން ތަމްރީން ކުރަމުންނެވެ. މި ކޯހުގައި ޕެޓްރޯލް، ގޭސްފަދަ ފަސޭހަކަމާއެކު އަލިފާން ހިފާ ޒާތުގެ މާހަޢުލުގައި މަސައްކަތްކުރާ އިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ކަސްޓަމްސްގެ މުވައްޒަފުންނަށް މުޙިއްމު އެތަށް މަޢުލޫއަކަށް އަލިއަޅުވާލާނެއެވެ.

މި ކޯސްކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 21 ހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަކީ އެކި ދާއިރާތަކުން އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް އަމާޒުކޮށް، ތަފާތު އެކި ދާއިރާތަކުގެ ކުރު މުއްދަތުގެ ކޯސްތަކާއި ދިގު މުއްދަތުގެ ކޯސްތަށް ތަޢާރަފްކުރަމުން އަންނަ ޔުނިވާސިޓީއެކެވެ.