ރަޝިޔާއިން ޔުކްރެއިންއަށްދޭ ހަމަލަތައް ހުއްޓާލުމަށް މެދުމިނުގެ ޙައްލަކަށް ޔުކްރެއިން ވިސްނަންވެއްޖެ ކަމުގައި ޗިކިޔާގެ ރައީސް ވިދާޅުވުމުން ޔުކްރެއިން އިން އެކަމަށް ރައްދު ދީފިއެވެ. ޗިކިޔާގެ ރައީސް ޕެޓްރަ ޕާވެލް ނިއުޔޯކް ޓައިމްސްއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވީ ރަޝިޔާ ސިފައިން އެއްކޮށް ޔުކްރެއިންގެ ބިންތައް ދޫކޮށްލާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އަދި ޔުކްރެއިންވެސް ހަގީގަތް ޤަބޫލުކުރަން ޖެހޭނެ ކަމަށާއި ކޮންމެ ފަދަ ހައްލަކާއެކުވެސް ރަޝިޔާއިން ކޮންމެވެސް މިންވަރެއްގެ ބިންތަކެއް ވަގުތީ ގޮތުން ހިފައިގެން އޮންނާނެ ކަމަށް ކިއޭވް އިން ޤަބޫލު ކުރަން ވާނެ ކަމަށެވެ.

ޔުކްރެއިން ގެ ފޮރިން މިނިސްޓްރީން މި ވާހަކަތަކަށް ރައްދު ދިންއިރު، ރައީސް ޕާވެލްގެ ނަން ބުނެފައެއް ނުވެއެވެ. ނަމަވެސް އެފަރާތުގެ ބަޔާނުގައި ވަނީ އެއްވެސް ސުލްޙައަކަށް އެއްބަސްވާނަމަ ޔުކްރެއިންގެ ހުރިހައި ބިމަކުން ރަޝިޔާއިން ފައިބަން ޖެހޭނެ ކަމަށެވެ.

ޔުކްރެއިންއަށް ރަޝިޔާއަށް ދެމުންދާ ހަމަލަތައް މިހަފްތާގައި ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އަދި ރަޝިޔާއިން މިހާތަނަށް ވަނީ ޔުކްރެއިންގެ 20 ޕަސެންޓް ބިން އެމީހުންގެ ކޮންޓްރޯލު ދަށަށް ގެނަސްފައެވެ.