ފުލުހުންގެ ފަރާތުން ހޭލުންތެރި ކުރުވުމުގެ ސެޝަންތަކެއް ގޮއިދޫ ސްކޫލުގައި ބާއްވައިފިއެވެ.

ސެޕްޓެންބަރު 25 ވަނަ ދުވަހު ބ. އަތޮޅު ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ އެ ސެޝަންތަކުގައި ގޮއިދޫ ސްކޫލުގެ ދަރިވަރުންގެ އިތުރުން އެ ސްކޫލުގެ މުދައްރިސުންނާއި، ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ. މި ސެޝަން ބައިވެރިވެފައިވަނީ ސްކޫލުގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުންނަށެވެ.

ފުލުހުންގެ ފަރާތުން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި އިންޓަނެޓް ރަށްކާތެރިގޮތުގައި ބޭޏުންކުރާނެ ގޮތް ވަނީ ކިޔައިދީފައެވެ. މީގެއިތުރުން ސޯޝަލް މީޑީއާގައި އުޅޭ ރަށްކާތެރިވާން ޖެހޭ ކަންކަމާއި، ސްކރީން ޓައިމް ލިމިޓް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަށް ވަނީ ކިޔައިދީފައެވެ. އަދި ސައިބަރ ބުލީންގެ ޝިކާރައަކަށް ވެއްޖެނަމަ އަމަލުކުރަންވީ ގޮތްތައް ބުނެދީ ދަރިވަރުންގެ ސޯޝަލް މީޑީއާ އެކައުންޓުތައް ރައްކާތެރިކުރާނެ ގޮތްތައް ވަނީ ބުނެދީފައިވެއެވެ.

މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި، ސްކޭމްކުރާ މީހުންގެ ކިބައިން ސަލާމަތްވާނެ ގޮތްތަކާއި އިންޓަނެޓުން ފެންނަ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުތަކެތި އެއްވެސް މީހަކަށްޝެއާނުކުރުމަށާއި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާއި ރާއްޖޭގައި ވަބާއަކަށް މިއަދު ވެފައިވާ ޓެލެގްރާމް ޕޯނޮގްރެފިކްސް ޗެނަލްތައް ހިންގާ ފަރާތްތަކަށް އެފުރުސަތު ނުދިނުމަށް ނަސޭހަތްތެރިވެފައިވެެއެވެ. ދަރިން އިންޓަނެޓް މެދުވެރިކޮށް ކުރާ ކަންކަން ބަލައި ކުށެއް ހިނގާކަން ފާހަގަކުރެވިއްޖެނަމަ އެކަމަކުން ދުރުވާން އެކުދިންނަށް ނަސޭހަތްދީ އިންޓަނެޓް ބޭނުންކޮށްގެން ހިންގާ ނަހަމަ ގުޅުންތައް ބެލެނިވެރިން ދެނެގަނެ ފާރަވެރިވެވޭނެ ގޮތްތައް ބުނެދީފައިވެެއެވެ.

އޭގެ އިތުރުން ގޮއިދޫގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށާއި ޕާކިންގ އާއި އެހެނިހެން މައްސަލަތައް ހައްލު ނުވެއްޖެނަމަ ހިނގައިދާނެ ހާދިސާތައް ބުނެދީ އެފަދަ ހާދިސާތައް މެދުވެރިވުން ހުއްޓުވައި ރައްކާތެރި ތަނަކަށް ގޮއިދޫ ހެދުމަށް ގުޅިގެން މަސައްކަތްކުރުމަށާއި ފަރުދީ ޒިންމާ އިސްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

35 ދަރިވަރުނާއި 35 ބެލެނިވެރިންގެ އިތުރުން 10 މުދައްރިސުން ހިމެނޭހެން ޖުމްލަ 80 މީހުން އެ ސެޝަންތަކުގައި ބައިވެރިވިއެވެ.