ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މީހަކު ހޯދާ ކަމަށް މިއަދު ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާޏް ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު އުބާދަތު ޙުސައިން (29އ) އެވެ. ފުލުހުން ވިދާޅުވީ މުޙައްމަދު އުބާދަތު ޙުސައިން ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ބަންދުގައި ބަހައްޓައިގެން 2024 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓު، ހުޅުމާލެ ޑިވިޝަންނަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން ފުލުހުން ދަނީ މުޙައްމަދު އުބާދަތު ޙުސައިން ހޯދުމުންނެވެ.

މުޙައްމަދު އުބާދަތު ޙުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަކީ ފުލުހުންގެ ވަރަށް ބޮޑުއެދުމެކެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ފުލުހުން ވަނީ ށްކުރު ދަންނަވާފައެވެ.