އިނގެރޭސިވިލާތުގެ ހައި ކޮމިޝަނާއި މޯލްޑިވިސް ޕޮލިޓެކްނިކް އިން ގުޅިގެން އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮއްދިނުމަށް އަމާޒުކޮށް، މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވައިފައިވަނީ 25 ސެޕްޓެމްބަރ ވީ ބުދަ ދުވަހުގައެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެމުން ވިދާޅުވީ ޕޮލިޓެކްނިކްގެ ދަރިވަރުންނާއި މުވައްޒަފުންނަށް އިނގިރޭސިވިލާތުގައި ތަމްރީނުވުމަށް ހުރި ފުރުޞަތުތަކާއި، ޕޮލިޓެކްނިކްގެ ކުރިއެރުމާއި ތަރައްޤީއަށް އިނގެރޭސިވިލާތާއި ޕޮލިޓެކްނިކް އިން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. މީގެއިތުރުން، ކުރިއަށް އޮތް ތާނގައި، ދެ ޤައުމުގެ މަސްލަހަތު ހިމޭނޭހެން ކުރެވިދާނެ މަސައްކަތްތާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ޕޮލިޓެކްނިކްގެ ފަރާތުން އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީންގެ އިތުރުން ބައެއް އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި އިނގެރޭސިވިލާތުގެ ހައި ކޮމިޝަނުގެ ފަރާތުން، އެ އިދާރާގެ ބައެއް އިސްބޭފުޅުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.