ހުޅުމާލެ ސެންޓްރަލް ޕާކާއި އިރުމަތީ ފަރާތުގެ އެރައިވަލް ޖެޓީ މަރާމާތު ކުރުމަށް ފަހު އިއްޔެ ހުޅުވައިފިއެވެ.

މި ދެ ތަން ހުޅުއްވައި ދެއްވީ މިހާރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރުއެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔަ މި ދެ މަޝްރޫއަށް އިންޑިއާ އިން ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނެވެ.