ހއ. ބާރަށުގައި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްޞަދުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕޮލިހުން ބުނެފިއެވެ.

މި ޕްރޮގްރާމަކީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެގުމުގެ މަތިން، ބާރަށު ކައުންސިލާއި، ބާރަށު ސިއްޙީ މަރުކަޒާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އަދި މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ދެ ޖިންސުގެ 18 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށާއި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު 15 އިން ނޮވެމްބަރު 16 އަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބާރަށު ކައުންސިލް އިދާރާއަށް ފޯމު ހުށަހަޅަންވާނެއެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 13:00 އަށް ކައުންސިލް އިދާރާއިންނެވެ. ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންޖެހެއެވެ.