މާލޭ ދެކުނު ކޮޅު، އުސްފަސްގަނޑާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓެއް 5:06 ހާއިރު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ ހ. ވެލަސްފަރުގެ އުމުރުން 62 އަހަރުގެ އިބްރާހިމް ޖައުހަރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.