ދިމާވި މައްސަލަ ހައްލުކޮށް މާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފިއެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި ވަނީ މިއަދު ހެނދުނު 10:45 ހާއިރުއެވެ.

ސްޓެލްކޯއިން ދެންމެ ބުނީ މައްސަލަ ހައްލުކޮށް 11:19 ގައި ކަރަންޓުދެވިފައިވާ ކަމަށާއި މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.