ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ އިންޑިއާ ރައްޔިތެއްކަމަށްވާ އައިޑީ މޮހަމެޑް ސެޚް (32އ) ކަމަށެވެ.
މީގެއިތުރުން ފުލުހުން ބުނީ މޮހަމެޑް ސެޙް ވީނުވީއެއް ނޭގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2024 އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އަދި އޭނާއާ އާ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން ބުނެފައިވެއެވެ.