އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވުޒާރުޒާރާގެ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ތަޢާމް މުޙައްމަދު އުޒްބެކިސްތާނުގެ ސަމާކަންދްގައި ބޭއްވުނު އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ 9 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ.

"ބިލްޑިންގް ރެސިލިއަންޓް އިންފްރާސްޓްރަކްޗަރ ފޮރ އޯލް" މި ޝިޢާރުގެ ދަށުން ބޭއްވުނު މި ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް އޭއައިއައިބީން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، އެންމެންނަށް ހަމަހަމަ ގޮތެއްގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، އޭއައިއައިބީގެ ހިއްސާދާރުންނަށް ފައިދާވާނެ ގޮތަށް ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރ އިންވެސްޓްކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުން، ދިވެހިރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ ތަޖުރިބާއާއި މަޢުލޫމާތު ލިބިގެންދާނެ ކަމަށްވެސް އުއްމީދުކުރެވެއެވެ.

.