އިރާނުން މިރޭ އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށް ދިން ބެލަސްޓިކް މިސައިލު ވަރުގަދަ ހަމަލާގައި މިހާތަނަށް 88 ޔަހޫދީން މަރުވެފައިވާ ކަމަށް މީޑިޔާ ބައެއް ރިޕޯޓުތައް ބުނެފިއެވެ.

ޓެލަގްރާމުގައި ހިންގަމުން އަންނަ ބައެއް އަރަބި ޗެނެލްތަކުން އާންމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ތެލް އަވީވުގެ މަގުމަތީގައި މީހުން މަރުވެފައިވާ މަންޒަރު ފެންނަން ހުއްޓުވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އިރާނުގެ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ފޮޓޯ އާއި ވީޑިއޯ ނުނެގުމަށް ޔަހޫދީންނަށް އަމުރުކޮށްފައެވެ.

އިރާނުން ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިޒްރޭލުން މިހާރު ވަނީ އިއުލާން ކޮަށްފައެވެ. އަނެއްކޮޅުން އިޒްރޭލުގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ މަސްއޫލުވެރިން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އިރާނުގެ ހަމަލާއާ ގުޅޭ ގޮތުން މީޑިޔާއާ ބައްދަލުކޮށްފައެވެ.

އަލްޖަޒީރާގައި ވާހަކަދެއްކެވި މުހައްލިލުން ވިދާޅުވި ގޮތުގައި އިރާނަށް ރައްދު ހަމަލާދޭނީ އެމެރިކާ އާއި އިޒްރޭލު ގުޅިގެންނެވެ.