ލ. އަތޮޅު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށް އިޢުލާނުކޮށްފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މާލޭގެ މ. ތަރިވިލާގެ އެޑްރެހުގައި ދިރިއުޅޭ ޙުސައިން އަޙްމަދު (41 އަހަރު) އަކީ މި މައްސަ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެވެ. ނަމަވެސް، މިހާރު އޭނާ އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި ސަބަބަށްޓަކައި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން، ޙުސައިން އަޙްމަދު ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި އާންމުކޮށް އިޢުލާނުކޮށްފައިވެއެވެ.
ފުލުހުން އަންގާފައިވާ ގޮތުގައި، ޙުސައިން އަޙްމަދު (އައިޑީ ކާޑު ނަންބަރު: A061439) ވަނީ 2024 އޮކްޓޫބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް އަންގާފައެވެ. އަދި އޭނާ ހާޒިރުކުރެވެނީ މައްސަލައިގެ ތުހުމަތުގައި ތަޙުޤީޤަށް ސުވާލުކުރުމަށްކަން ފުލުހުން ބުނެއެވެ.
ފުލުހުންގެ ޚިދުމަތުން އާންމުންނަށް ގޮވާލާފައިވަނީ، ޙުސައިން އަޙްމަދުގެ މަޢުލޫމާތު ލިބޭނަމަ ނުވަތަ އޭނާ ފެނިއްޖެނަމަ އެކަން ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެންގުމަށެވެ.