ދަށު ފަންތީގެ އަންހެނަކު ހަތަރު މީހުން ވެގެން ރޭޕްކުރި މައްސަލަގައި މީހުން މުޒާހަރާ ކުރުމާ ގުޅިގެން މިކަން ހިނގި އަވަށް ހާތްރާސްގައި މީހުން އެއްވެ އުޅުން މަނާކޮށްފިއެވެ. އާއިލާއިން ބުނާ ގޮތުގައި އަންހެން ކުއްޖާ ފުލުހުން އަނާދާލާފައިވަނ ީއާއިލާއަށް އެންމެފަހުގެ ކަށުކަމާކެމީގެ ކަންކަން ކުރުމަށ ްހުއްދަ ދިނުމަކާ ނުލައެވެ. ފުލުހުން މިކަން ދޮގު ކުރެއެވެ.

ކިޔާލަން: ރޭޕްކޮށް ޒުވާން އަންހެނަކު މަރާލައިފި

ހާތްރާސް އޮންނަނީ ދިއްލީއާ 200 ކިލޯމީޓަރު ދުރުގައެވެ. ޔޫޕީގައި ވެރިކަން ކުރަނީ ބީޖޭޕީއިންނެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ ޕްރިޔަންކާއާއި ރާހުލް ގާނދީ ވަނީ ބުރާސްފަތިދުވަހު މިއަވަށަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވެއެވެ. އަދި ދަށު ފަންތީގެ މީހުންގެ ހައްގުތައް ހޯދައި ދިނުަށް މަސައްކަތް ކުރާ ޗަންދްރަ ޝޭކަރު އާޒާދުވެސް ވަނީ މި ތަނަށް ވަޑައިގަތުމަށް ނިންމަވާފައެވެ.

ފަސް މީހުންނަށް ވުރެން ގިނައިން އެއްވެ ނޫޅުމަށް އަންގައި ފުލުހުން އިމަޖެންސީ އިޢްލަން ކުރުމާ ގުޅިގެން މި އަވަށަށް އެބޭފުޅުންނަށް ވެންނެވޭނެ ކަމަކަށް ނުބެލެވެއެވެ.

އިންޑިއާގެ ކަންކޮޅުތަކުގައި ރޭޕް ކުރުމާ ދެކޮޅަށް ވަނީ އަޑު އުފުލަން ފަށާފައެވެ.

އިންޑިއާއަކީ އަންހެނުންނަށް ނުރައްކާ އެއް ގައުމެވެ. ކޮންމެ 15 މިނެޓަކުން އަންހެނަކު ރޭޕް ކުރެވޭ ކަމަށް އިންޑިއާ ސަރުކާރުގެ ތަފާސްހިސާބުން ދައްކައެވެ.