ފުވައްމުލަކު ސިޓީގެ މިސްކިތު ގާރީ ކިލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދާ މި ކިލާހަކީ އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއާ ގުޅިގެން ހިލޭ ސާބަހަށް ކޮންމެ ރަސްމީ ދުވަހެއްގައި މަޣްރިބް ނަމާދަށްފަހު މަސްޖިދުލް ހަޟާނާގައި ކުރިއަށްގެންދާ ކިލާސްތަކެކެވެ.
މި ކިލާހުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ:
- 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުއްޖަކަށްވުން
- ދިވެހި ރައްޔިތަކަށްވުން
- މުސްހަފް ބަލައިގެން ކިޔަވަން އެނގުން
މި ކިލާހުގައި ބައިވެރިވުމަށް އެދި ހުށައަޅާ ގޫގްލް ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 10 އޮކްޓޯބަރު ވާ ދުވަހުގެ 14:00 އެވެ.
މި ކިލާހުން ފުރުސަތު ލިބެނީ އެންމެ ފުރަތަމަ ފޯމު ހުށައަޅާ 30 ފަރާތަކަށެވެ.