ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވަރަށް އަވަހަށް ބަންދު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ސަރުކާރުގެ އޮފިޝަލު ވިދާޅުވީ ވަރަށް އަވަހަށް ހަނިމާދޫ އެއާޕޯޓު ބަންދު ކުރާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީގައި ފަށާނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2.2 ކިލޯމީޓަރަށް ބޮޑުކުރާނެ އެވެ. މީގެ އިތުރުން އެއާޕޯޓު ޓާމިނަލް އަޕްގްރޭޑުކޮށް މިއުލް ފާމު ތަރައްގީކުރުމާއި ކާގޯ ޓާމިނަލް ތަރައްގީ ކުރުމާއި ފަޔާ ސްޓޭޝަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނެއެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ.
މިއީ އުތުުރުގެ ތަރައްގީއަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި އުތުރުގެ ޓޫރިޒަމް ތަރައްގީ ވުމުގައ އެއާޕޯޓު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ.