ރައުޗް އައިސް ޓީ ޕީޗް އަދި ރައުޗް އައިސް ޓީ ލެމަންގެ ތާޒާ ރަހަ ހެޕީ މާކެޓް ޓްރޭޑިންގ ކޮމްޕެނީއިން މިހާރު ލިބެން އެބަހުރިއެވެ. މި ރަހަގަދަ ބުއިންތައް މިހާރު ފަސޭހައިން ލިބެން ހުރުމާއެކު، އަންނަން އޮތް ހޫނު މޫސުމާ ކުރިމަތިލުމަށް އާ ބާރެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ ފޫޑް އެންޑް ބެވަރެޖެސް އިމްޕޯޓުކުރާ އެންމެ އިސް ފަރާތްތަކުގެ ތެރެއިން އެއް ކުންފުންޏެއްގެ ގޮތުގައި، ހެޕީ މާކެޓު ދަނީ 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ދިވެހިންނަށް ފޯރުކޮށްދެމުންނެވެ. ފެންވަރު ރަނގަޅު އަދި އިތުބާރުހުރި ތަކެތި ފޯރުކޮށްދިނުމަށް މަޝްހޫރު ކުންފުންޏެއްގެ ގޮތުގައި، ހެޕީ މާކެޓުން ދާދި ފަހުން ތަޢާރަފުކޮށްފައިވަނީ ދުނިޔޭގައި މަޝްހޫރު ރައުޗް ފްރުޗްޓްސެފްޓް ބްރޭންޑްގެ އައިސް ޓީ އެވެ. މިއީ ރަހަގަދަ ބުއިންތައް އުފެއްދުމުގެ 100 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

ރައުޗް އައިސް ޓީ ޕީޗް އަދި ލެމަން

ރައުޗް އައިސް ޓީ ޕީޗް އަކީ ހަމައެކަނި ބުުއިމެއް ނޫނެވެ. އެއީ ތަޖުރިބާއެކެވެ. މީރު، ފޮނި ރަހައާއެކު، ކޮންމެ ކޯވަރަކުންވެސް ރިފްރެޝްމަންޓް ލިއްބައިދެއެވެ. ފޮނިކަމާއި ނާޒުކު ސައިގެ ވަސް ހުރުމާއެކު، މިއީ ހޫނު ގަދަ ދުވަހެއްގައި އަރާމު ކޮށްލަމުން ބޯލަން ނުވަތަ ޕިކްނިކެއް ކުރާއިރު ބޯން ވަރަށް ރަނގަޅު ބުއިމެކެވެ.

ތަންކޮޅެއް ރަހަ ވަރުގަދަ އެއްޗެއް ބޭނުންވާނަމަ، ރައުޗް އައިސް ޓީ ލެމަން އިން ދުވަސް އުޖާލާކޮށްލެވޭނެއެވެ! އަސްލު ލެމަން ޖޫހާއި ހިތްހަމަޖެހޭ ބްލެކް ޓީ އެކުލެވޭ މި ބުއިމަކީ ހަކަތައިގެ ބޫސްޓެއް ފޯރުކޮށްދޭ ރަނގަޅު ބުއިމެކެވެ. މި ބުއިމާއެކު ލުނބޯގެ ތޫނު ރަހައާ ސައިގެ މަޑުމައިތިރި ރަހައިގެ މިކްސްއެއް ތަޖުރިބާ ކޮއްލަށްވާ!

އޮސްޓްރިއާގައި ޤާއިމްވެފައިވާ ރައުޗް ވަނީ 1919 އިން ފެށިގެން އެ ކުންފުނީގެ އުފެއްދުންތައް ފުރިހަމަކުރަމުން އައިސްފައެވެ. ޢާއިލާއަކުން ހިންގާ ވިޔަފާރިއެއްގެ ގޮތުގައި މިހާރު ހަތަރުވަނަ ޖީލަށް އައިސްފައިވާ ރައުޗްގެ މަތީ ފެންވަރުގެ ބުއިންތަކަށް ކުރާ އިޚްލާޞްތެރި މަސައްކަތް ކޮންމެ ބޯލުމަކުން ވެސް ފެންނަން އެބަހުއްޓެވެ. މި ބްރޭންޑް މަޝްހޫރުވެފައިވަނީ އަސްލު މޭވާ އާއި ހައި ކުއަލިޓީ ސައި ބޭނުންކޮށްގެން، ރަހަ އާއި ރިފްރެޝްމަންޓް ގެއްލުވައިނުލައި، ޤުދުރަތީ މީރުކަން ގެނެސްދިނުމަށެވެ.

ހެޕީ މާކެޓުގެ އިތުބާރުކުރެވޭ ފެންވަރު

1992 ގައި އުފެދުނީއްސުރެ، ހެޕީ މާކެޓަކީ ރާއްޖޭގެ ފޫޑް އެންޑް ބެވަރެޖެސް ދާއިރާގެ މައި އެއް ތަނބުކަމުގައި ވެފައިވެއެވެ. މި ކުންފުނި ފެށުނީ ރާއްޖޭގައި އެންމެ ފުރަތަމަ ފިނިކުރާ ގުދަން ހިންގި ފަރާތުގެ ގޮތުގައެވެ. އަދި މިހާރު ވަނީ ބައިނަލްއަޤްވާމީ އެންމެ މޮޅު ބްރޭންޑްތަކުގެ އިތުބާރުހުރި ޑިސްޓްރިބިއުޓަރަކަށް ވެފައެވެ. ޞިއްޙަތަށް ފައިދާހުރި އަދި އެންމެ މަތީ ފެންވަރުގެ އުފެއްދުންތަކަށް އިސްކަންދީގެން، ހެޕީ މާކެޓުން ވަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްޞަވެފައެވެ.

މި ދިގު މުއްދަތުގެ ވަފާތެރިކަމުގެ ސަބަބުން، ކުންފުންޏަށް ވަނީ ދުނިޔޭގައި މަޝްހޫރު ކާބޯތަކެތީގެ ބްރޭންޑްތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރޝިޕް ލިބިފައެވެ. އެންމެ މަތީ ފެންވަރުގެ އުފެއްދުންތައް ހޯދައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ޑިސްޓްރިބިއުޓަރ ނެޓްވޯކެއް ހުރުމުގެ ސަބަބުން، މާލޭގެ ބިޒީ މަގުތަކުގައި ވިޔަސް ނުވަތަ އައްޑޫ އަތޮޅުގެ ހިމޭން ރަށެއްގައި ވިޔަސް، ރައުޗްގެ ފިނި ދަޅެއް ބުއިމުގެ ފުރުޞަތު ހެޕީ މާކެޓުން ކަށަވަރުކޮށްދެއެވެ.

ކައިރީގައިވާ ހެޕީ މާކެޓް އައުޓްލެޓަކަށް ޒިޔާރާތް ކުރައްވާ

ހެޕީ މާކެޓްގެ ފުޅާވަމުންދާ ރީޓެއިލް ނެޓްވޯކާއެކު، ތިބާގެ ގާތުން އެންމެ ކަމުދާ އައިސް ޓީ ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އެންމެ ކައިރީގައި ހުރި ހެޕީ މާކެޓް ފިހާރައަކަށް ގޮސް ރައުޗް އައިސް ޓީ ޕީޗް ނުވަތަ ލެމަންގެ ދަޅެއް ނަގާށެވެ. މިއީ ގޭގައި ބޯލުމަށް ނުވަތަ ދެން އޮންނަ ބީޗް ދަތުރަށް ގެންދިއުމަށްވެސް އެންމެ ރަނގަޅު ބުއިމެވެ.

ހެޕީ މާކެޓްގެ އައުޓްލެޓްތަކު ތެރޭގައި:

  • ޔުނިޓީ 1: ބޮޑުތަކުރުފާނު މަގު، މާލެ
  • މައި ޝޮޕް: އަމީނީ މަގު، މާލެ
  • ހެޕީ މާކެޓް ޝޮޕް، ލިންކް ރޯޑް: ސ. ފޭދޫ، އައްޑޫ ސިޓީ
  • ހެޕީ މާކެޓް ޝޮޕް 4: ލޮޓް ނަންބަރު 10172، ނިރޮޅު މަގު، ހުޅުމާލެ
  • ހެޕީ މާކެޓް ޝޮޕް 6: ވިލިމާލެ
  • ހެޕީ މާކެޓް ޝޮޕް 10: އަމީނީ މަގު، ކުޅުދުއްފުށި ސިޓީ
  • ހެޕީ މާކެޓް ޝޮޕް - ތިނަދޫ: ގާޒީ މަގު، ތިނަދޫ ސިޓީ

އިތުރު މަޢުލޫމާތު ހޯދުމަށް ހެޕީ މާކެޓްގެ ވެބްސައިޓަށް ޒިޔާރަތްކުރައްވާ ނުވަތަ 3313523 އަށް ގުޅާލައްވާ ނުވަތަ [email protected] އަށް މެއިލް ކުރައްވާ.