ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލުގެ ކޮންޓްރޯލް ދީގެން ދުއްވި މައްސަލައެއް ބަލަމުން އަންނަ އިރު، ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލަ ވަކިން ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ އެ މައްސަލާގައި ހިމެނޭ މީހާ ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށާއި އަދި ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި ޓްރެފިކް ގާނޫނާ ހިލާފްވި މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.