މޯލްޑިވްސް ޑާޓާތޮން 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
25 އޮކްޓޯބަރު ވާ ދުވަހުން ފެށިގެން 26 އޮކްޓޯބަރުގެ ނިޔަލަށް އޮންނަ ޑާޓާތޮންއަކީ ދިވެހިރާއްޖޭގެ 15 އަހަރާ 24 އަހަރާ ދެމެދުގެ ހުރިހާ ފަރާތަކަށް ވެސް ބައިވެރިވެވޭނެ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ހިމެނުން ހުއްދައީ މަދުވެގެން 3 މެމްބަރުން ނުވަތަ ގިނަވެގެން 5 މެމްބަރުންނެވެ. މުބާރާތުގައި ހަވާލުކުރެވޭ ޑާޓާތައް ބޭނުންކޮށްގެން އެންމެ ފުރިހަމަ ހައްލު ނެރޭ ޓީމަކަށް 25,000 ރުފިޔަލުގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ.
ޑާޓާތޮންގައި ބައިވެރިވުމަށް ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 17 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހެވެ.