މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސޭފްޓީ ޑިޕާޓްމެންޓްގެ އައު އޮފީސްގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި މަސައްކަތާ ބެހޭ މައުލޫމާތު ބައްދަލުވުން އޮންނާނީ 20 އޮކްޓޯބަރު 2024 ވާ އާދިއްތަ ދުވަހު 11:00 ގައި އެ ކުންފުނީގެ ހެޑް އޮފީހުގައެވެ.
އޭގެ އިތުރުން އެ ކުންފުނިން ހާމަކުރާ ގޮތުގައި ސައިޓް އިންސްޕެކްޝަން އޮންނަ ގަޑި ހިއްސާކުރެވިގެންދާނީ ޕްރީބިޑަށް ހާޒިރުވާ ފަރާތްތަކަށެވެ. މަސައްކަތުގެ އަންދާސި ހިސާބު ބަލައިގަނެވޭނީ ޕްރީބިޑް ބައްދަލުވުން އަދި ސައިޓް އިންސްޕެކްޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ބުނެއެވެ.
މަސައްކަތުގެ އަގު ހުށައެޅުމުގެ ސުންގަޑިއަކީ 27 އޮކްޓޯބަރު 2024 ވާ އާދިއްތަ ދުވަހެވެ. އަގު ހުށައަޅާނީ އެމްޕީއެލްގެ ހެޑް އޮފީހަށް ހާޒިރުވެގެންނެވެ. ސުންގަޑިއަށްފަހު ހުށައަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ.
މި މަސައްކަތާ ބެހޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3039255 އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.