މިދިޔަ ބުރާސްފަތި ދުވަހު، އދ. މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

މި އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު މާމިގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތާލާފައިވަނީ 1574 ފުޅި ބަނގުރަލާއި 536 ދަޅު ބިޔަރެވެ. މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމެޓީގެ ބެލުމުގެ ދަށު ދަށުންނެވެ.

ނައްތާލެވުނު މި ތަކެއްޗަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 9 އިން ސެޕްޓެންބަރު 25 ގެ ނިޔަލަށް ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އޭވިއޭޝަން ސެކިއުރިޓީން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި އެކި މައްސަލަތަކާ ގުޅިގެން މާމިގިލީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށް ފުލުހުން ބުނެއެވެ.