މިއުޒިކު ޖަހައިގެން ލަވަކިޔާ ގޮތަށް ކީރިތި ޤުރުއާން ކިޔަވައި، ޔޫޓިއުބުގައި އެތަކެތި އާންމުކޮށް އަދި ޓީވީން ދުރަށް ދެއްކި މައްސަލައެއް މިސްރުގައި ތަހުގީގުކޮށް ދައުވާ ކޮށްފިއެވެ. މިސްރުގެ ދާރުލްއިފްތާއިން ވެސް ވަނީ މިފަދަ ޗެނަލްތަކުގެ ކޮންޓެންޓް ފެތުރުމާއި އެތަކެތި މަގްބޫލު ވުމަށް ހިތްވަރު ނުދިނުމަށް މީހުންނަށް ގޮވާލާފައެވެ. އަދި އެފަދަ ކަންކަމަކީ ޝަރުޢީ ގޮތުން ޙަރާމް ކަމެއް ކަމަށްވެސް ބުނެފައެވެ.
މިސްރުގެ ޕާލަމެންޓްގެ މެމްބަރުންވެސް ވަނީ މިކަމަށް ނުރުހުން ފާޅުކޮށް މައްސަލަ ބެލުމަށް ގޮވާލާފައެވެ.