އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަގްޖީ މިއަދު ޤާހިރާއަށް ވަޑައިގެންފިއެވެ. އޭގެ ކުރިން އޭނާ ވަނީ ލުބުނާނާއި، ސޫރިޔާއާއި އިރާގާއި ސައޫދީ އަރަބިއްޔާ އަދި ޤަތަރާއި އޮމާނަށް ޒިޔާރަތް ކުރައްވާފައެވެ.

މިސްރުގެ ރައީސް ޢަބްދެލްފައްތާހް އައްސީސީއާ ވެސް ޢަރަޤްޖީ ބައްދަލުކުރައްވާނެއެވެ. އަދި އީރާންގެ ރައީސް ޕަޒަޚްޝިއާންގެ ސިޓީފުޅެއް ވެސް ރައްދު ކުރައްވާނެއެވެ.

އީރާނު މީޑިއާއިން ބުނާ ގޮތުގައި ޢަރަގްޖީ މިސްރަށްފަހު ދެން ވަޑައިގަންނަވާނީ ތުރުކީ އަށެވެ.

އެމެރިކާގެ ވަކީލެއްގެ ގޮތުގައި މެދުއިރުމަތީގައި ޕްރޮކްސީ ހަނގުރާމަތައް ކުރާ އިޒްރޭލުން ވަނީ އީރާންގައި ޒަޔަނިސްޓުން ހަމަލަ ދޭނެ އަމާޒުފަތްގަނޑުތައް ކަނޑައަޅައި އެ މަޢުލޫމާތު އެމެރިކާއަށް ދީފައެވެ. އެމެރިކާއިން ކަށަވަރުކޮށްދޭ ގޮތުގައި އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކާއި ތެޔޮ އުފައްދާ މައުކަޒުތަކަށް ހަމަލަ ދިނުމެއް ނޯންނާނެއެވެ.