އައްޑޫ ސިޓީގެ ހުޅުމީދޫގައި ކޮވިޑާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފި އެވެ.

މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީ ތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން މަނާ ކުރުމާއި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށްމީހުން ނުކުތުން މަނާ ކުރުން ހިމެނެ އެވެ.

މީގެއިތުރުން ހުޅުދޫމީދޫ ގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދުމަށް ދާންޖެހޭ ދިޔުމެއް އޭގެތެރޭގައި ނުހިމެނޭނެ އެވެ.

އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

ހަމައެހެންމެ ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށް އަންގާފައިވާއިރު، ކުޅިވަރުގެ ހުރިހާ ހަރަ ކާތްތަކާއި، ކަސްރަތު ގެ ހަރަކާތްތައް ހުއްޓާލުމަށް ވެސް ވަނީ އަންގާފަ އެވެ.

ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަންއެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތާއި ޓެކްސީގެ ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.

ފިރާތަ ކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީންއާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުނުމަށް ވެސް އަންގާފައިވެ އެވެ.

ހުޅުމީދޫގައި ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް ވެސް ވަނީ އަންގަފަ އެވެ.

ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލައި، ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވަނީ އަންގާފަ އެވެ.