އެމެރިކާއިން ހަތިޔާރު ދީގެން ސުންނާފަތިކޮށްފައިވާ ޣައްޒާގެ އިންސާނީ ޙާލަތާ މެދު ބަހުސްކުރުމަށް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް އިނގިރޭސިން ގޮވާލައިފިއެވެ. އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލަމީ ވިދާޅުވީ ޣައްޒާގެ އިންސާނީ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުށަހެޅި ހުށަހެޅުމަށް، އިނގިރޭސިންނާއެކު ފްރާންސާއި އަލްޖަޒާއިރުން އެއްބަސްވެފައިވާ ކަމަށެވެ.

އިނގިރޭސި ވަޒީރު މަލްޢޫނު ބެލްފޯރުގެ ސިޓީއަކުން ޔަހޫދީންނަށް އުފައްދައިދިން ޒަޔަނިސްޓު ދައުލަތުން ވަނީ އެމެރިކާއިން އިން ދީފައިވާ ހަތިޔާރު ބޭނުންކޮށްގެން ޣައްޒާ ސުންނާފަތިކޮށް އެއްލައްކަ މީހުން ޒަޚަމްކޮށް ނުކުޅައްދާފައެވެ. ޒަޔަނިސްޓުންގެ ޓެރަރިސްތް ހަމަލާތަކުން 43 ހާސް މީހުން ވަނީ ޝަހީދުކޮށްލާފައެވެ.