އިޒްރޭލަށް ހަމަލަ ދޭނެ އަމާޒުފަތްގަނޑުތައް ކަށަވަރުކުރުމަށްފަހު، އަރަބި އިސްލާމީ ދުނިޔޭގައި އެމެރިކާގެ ބުރުސޫރަ ރީތި ކުރުމަށް ކުޜާ މަސައްކަތުގައި އަނެއްކާވެސް އިޒްރޭލަށް ހަމަލައެއް އަމާޒުކޮށްފިއެވެ.

އެމެރިކާއިން ބުނެފައި ވަނީ ޒަޔަނިސްޓު ޓެރަރިސްޓް ސިފައިންގެ ހަމަލަތަކުގައި، މަދަނީން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން އުޅުނު މައްސަލަ އިޒްރޭލުން ބަލަން ޖެހޭނެ ކަމަށެވެ. އެފަދަ ޓެރަރިސްޓް ހަމަލަތަކުގައިއާއި ހަނގުރާމައިގައި ޖަރީމާތައް ހިންގަން އިޒްރޭލުން ބޭނުންކޮށްފައި ވަނީ އެމެރިކާއިން ދީފައިވާ ހަތިޔާރެވެ.

ޒަޔަނިސްޓުން ފަލަސްޠީނުގެ ކުޑަކުދިންނާއި މަދަނީން ބޭނުން ކުރި މައްސަލައާއި އެނޫނަސް ފާޑު ކިޔުމުގެ އެހެން މައްސަލަތައް ނިއުޔޯކް ޓައިމްސްގައި ރިޕޯޓު ކުރާތާ މިހާރު ދެ ދުވަސް ވެއްޖެއެވެ.

އެންމެ ފަހުގެ ރިޕޯޓު ޝާއިއުކުރުމުން އެމެރިކާއިން ބުދަ ދުވަހު ވަނީ ޒަޔަނިސްޓުން އެއަށް ޖަވާބުދާރީ ވުމަށް އިލްތިމާސްކޮށްފައެވެ.

ނިއުޔޯކު ޓައިމްސްއަކީ އިޒްރޭލަށް ސަޕޯޓު ކުރާ ނޫހެކެވެ. އަދި އިޒްރޭލު ސިފައިންގެ ތެރޭގައި އުޅެފައިވާ މީހުން އެނޫހުގެ ރިޕޯޓަރުންގެ ގޮތުގައި މަސައްކަތް ކުރެއެވެ. އެނޫހުގެ އެޑިޓަރަކީ އޭނާގެ ބައްޕައެކޭ އެއްފަދައިން ޒަޔަނިސްޓު ޔަހޫދީ ނޫސްވެރިއެކެވެ. ކުރިން ބަފާވެސް ޓައިމްސްގައި މަސައްކަތް ކުރިއެވެ.

ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ ފަސް ސިޓީއެއްގައި އިޒްރޭލުގެ 11 އަސްކަރީ ޔުނިޓަކުން ފަލަސްޠީނު މީހުން އިންސަނީ އައްޑަނައިގެ ގޮތުގައި ބޭނުންކޮށްފައި ވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ސިފަކުރެއްވި ގޮތުގައި އެ ރިޕޯޓަކީ "އެމެރިކާއަށް ބޮޑު ހާސްކަމެއް ދިން" ރިޕޯޓެކެވެ! އޭނާ އިތުރަށް ވިދާޅުވީ "ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކަތައް ޞައްޙަ ނަމަ އެއީ މުޅިން ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ! "އާންމުން އިންސާނީ ޝީލްޑްގެ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ޖަސްޓިފިކޭޝަނެއް ނެތް،" ޒަޔަނިސްޓުންނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

އެމެރިކާއަށް އެނގި ފެނިގެން އިޒްރޭލުން ދަނީ، ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ.