ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 އިންސައްތަ ނިމެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނީ އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓައްގައެވެ.

އެމްޓީސީސީން އިތުރަށް ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއަކީ 88.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.