އަންނަ ހަފްތާގައި މެކްޑޮނަލްޑް ރެސްޓޯރެންޓެއްގައި ވެއިޓަރަކަށް މަސައްކަތް ކުރައްވާނެ ކަމަށް އެމެރިކާގެ ރިއާސީ ކެންޑިޑޭޓް ޓްރަމްޕް ވިދާޅުވެއެވެ. އިންޑިޕެންޑެންޓް ނޫހުން ރިޕޯޓު ކުރިގޮތުގައި ޓްރަމްޕް މެކްޑޮނަލްޑްގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަން ނިންމީ އޭނާގެ ވާދަވެރިޔާ ކެންޑިޑޭޓް ކަމެލާ ހެރިސްއަށް މަލާމާތް ކުރެއްވުމުގެ ގޮތުންނެވެ.

ޓްރަމްޕް، ވާދަވެރިޔާ ހެރިސްއަށް ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ޔުނިވަރސިޓީގައި އުޅުއްވި އިރު، ހެރިސް މެކްޑޮނަލްޑެއްގައި ވެއިޓަރަކަށް އުޅުއްވި ކަމަށް ނޯރތު ކެރޮލައިނާގައި ކެމްޕޭން ކުރައްވަމުން ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

ޓްރަމްޕް ވިދާޅުވީ "ތިބާ މެންނަށް ފުލޯކު ވާހަކަ އިއްވާކަށް މަށެއް ނެތިން! އަންނަ ހަފްތާއިން ފެށިގެން މަސޮރު އޮޅޭނީ މެކްޑޮނަލްޑް ރެސްޓޯރެންޓެއްގައި ވެއިޓަރަކަށް" ކަމަށެވެ.

ޓްރަމްޕަކީ ވައިޓުހައުސްގައި އުޅުއްވި އިރު މިހާތަނަށް އެންމެ ގިނައިން ބީފްބަރގަރ ފަރިއްކުޅުއްވި ރައީސެވެ. އޭނާގެ ސަޕޯޓަރުންނާއި ދެކޮޅުވެރިން ބުނާ ގޮތުން އޭނާގެ މޫނުކޮޅުގެ ޗަސްކަމަކީ ބީފްބާގަރގެ ސަބަބުން މެދުވެރިވެފައިވާ ކަމެކެވެ.