ފަރުމަހާއި ކަނޑުމަހުގެ އެކިބާވަތްތައް ވިއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ "މަސްފިލާ" ގެ ފުރަތަމަ ފިހާރަ މިދިޔަ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވައިފިއެވެ.

"މަސްފިލާ" ގެ ފިހާރަ ހުންނަނީ ހުޅުމާލޭ "ނިރޮޅު 6" ގޯޅީގައެވެ.

މަސްފިލާ ފިހާރައިން ލިބެން ހުރި ބައެއް ބާވަތްތައް:

1. ކަނޑުމަސް 2. ފަރުމަސް (ހުޅުނބު ޖަހާ ސާފުކޮށްފައި) 3. ފަރުމަސް ފިލެޓްސް 4. ވަޅޯމަސް

2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ހިންގަމުން އަންނަ "މަސްފިލާ" އިން ހޮޓާ ، ރެސްޓޯރަންޓް އަދި ސަފާރީތަކަށް މަހުގެ ބާވަތްތައް ސަޕްލައި ކޮށްދެއެެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މަސްފިލާގެ ހޮޓްލައިން 7346006 ނުވަތަ 7354000 އަށް ގުޅުއްވުމަށް "މަސްފިލާ" އިން އެދެއެވެ.

މަސްފިލާގެ ތާޒާ މަސް މާލެއިން ގަންނަން ބޭނުންފުޅުވާނަމަ، ސަރުނާ މާޓް (އަލިކިލެގެފާނު މަގު) އަށް ޒިޔާރަތް ކޮށްލުމުން ލިބޭނެއެވެ.