ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މި މީހުން ޕޮޒިޓިވް ވެފައިވާ ކަން ހާމަވެފައިވަނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރުމަށްފަހު ނެގި ޓެސްޓުތަކުގެ ނަތީޖާއިންނެވެ.
ދިއްދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނު ވެގެން ތިބި 3 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން މިހާރު އެ ތިން ފަރާތް ވެސް ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.
ކަރަންޓީންގައި ތިބި މީހުންނާ ބައްދަލު ކުރަން އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީންގައި ތިބޭ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްދާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިއްދޫ ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.