ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) ގެ ފުރަތަމަ ޓާމުގެ ކޯސްތަކަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

2025 ވަނަ އަހަރުގެ ފެބްރުވަރީ މަހުގައި އެމް.އެން.ޔޫގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ, 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.

ދެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި އެމް.އެން.ޔޫގެ ފަރާތުން ކުރިއަށްގެންދާ ކޯސްތަކާ ބެހޭ މަޢުލޫމާތު އެ ޔުނިވާސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް އެމް.އެން.ޔޫގެ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ޓަކައި [email protected] އަށް މެއިލް ކުރެއްވުމަށް ނުވަތަ 1445 އަށް ގުޅުއްވުމަށް އެ ޔުނިވާސިޓީއިން ވަނީ އެދިފައެވެ.