ރީތިކަމަކީ ކޮބައިތޯ؟ ގިނަ މީހުން ދެކޭގޮތުގައި ރީތިކަމަކީ ހަމައެކަނި ބޭރުފުށުގެ ސިފަތަކެވެ. ނަމަވެސް، ޙަޤީޤީ ރީތިކަމަކީ މީހެއްގެ އަޚުލާޤުގައި ހުންނަ ރީތިކަމެވެ. މީހެއްގެ އަޚުލާޤު ރީތިވުމަކީ އެމީހެއްގެ ޝަޚުޞިއްޔަތު ފުރިހަމަވެ، އިޙްތިރާމާއި ލޯތްބާއި ޤަދަރު ލިބިގެންދާނެ ކަމެކެވެ.

ރީތި އަޚުލާޤުގެ މުހިންމުކަން ވަރަށް ބޮޑެވެ. އިސްލާމްދީނުގައި ވެސް ރީތި އަޚުލާޤަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހުންނަކީ އެންމެ ރީތި އަޚުލާޤު ހުރި މީހުންނެވެ." މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ރީތި އަޚުލާޤުގެ މަތިވެރިކަމެވެ.

ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް ރީތި އަޚުލާޤަކީ ވަރަށް މުހިންމު އެއްޗެކެވެ. ޚާއްޞަކޮށް ވަޒީފާގެ މާޙައުލުގައި ރީތި އަޚުލާޤު ހުރުމަކީ ކުރިއެރުމާއި ކާމިޔާބީއަށް މަގުފަހިވެގެންދާނެ ކަމެކެވެ. ރީތި އަޚުލާޤު ހުރި މުވައްޒަފުންނަކީ އެހެން މުވައްޒަފުންނާއި ވެރިންގެ ލޯތްބާއި އިތުބާރު ލިބޭނެ ބައެކެވެ. މިފަދަ މުވައްޒަފުންނަށް ވަޒީފާގައި ކުރިއަރައި، އިތުރު ޒިންމާތައް ޙަވާލުކުރެވޭނެއެވެ.

މީހާ ކުރިއަރައިގެން ދިއުމާއި، ކާމިޔާބީވެސް ބިނާވެފައިވަނީ އެމީހެއްގެ ކިބައިގައި ހުންނަ ރީތި އަޚުލާޤުގެ މައްޗަށެވެ. ރީތި އަޚުލާޤު ހުރި މީހަކީ އެހެން މީހުންނާ ގުޅުން ބަދަހިކޮށް، އެކުވެރިކަން ބިނާކުރަން ފަސޭހަވާނެ މީހެކެވެ. މިފަދަ މީހުންނަށް ވިޔަފާރީގައާއި، ތަޢުލީމީ ދާއިރާގައާއި، އަދި އިޖުތިމާޢީ ދާއިރާގައިވެސް ކުރިއަރައި ައި ކާމިޔާބު ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

ޙަޤީޤީ ރީތިކަމަކީ ހަމައެކަނި ބޭރުފުށުގެ ރީތިކަމެއް ނޫނެވެ. އެއަށްވުރެ މާ މުހިންމު އަދި ދެމިގެންދާނެ ރީތިކަމަކީ މީހާގެ އަޚުލާޤުގެ ރީތިކަމެވެ. ރީތި އަޚުލާޤަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް ކުރިއަރައި ކާމިޔާބު ހޯދުމަށް މަގުފަހިކޮށްދޭނެ އެއްޗެކެވެ. އެހެންކަމުން، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންވާނީ އަޅުގަނޑުމެންގެ އަޚުލާޤު ރަނގަޅުކޮށް، ރީތި ކުރުމަށެވެ.