އައްޑޫ ސިޓީގެ ހިތަދޫގެ 3 ސަރަހައްދެއްގައި ރޭ އެކްސިޑެންޓުންތަކެއް ހިނގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައެވެ.

ފުލުހުން ބުނީ އެކްސިޑެންޓުތަކުގައި އަނިޔާވީ 7 މީހަކަށް ކަމަށާއި އެމީހުންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފައިވާ ކަމަށެވެ. އަދި އެއޯ 6 ފިރިހެނަކާއި އަންހެނަކަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ ކޮންމެ އެކްސިޑެންޓެއް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށާއި އެ އެކްސިޑެންޓުގެ ތެރެއިން ދެ އެކްސިޑެންޓުގެ ސީނަށް ފުލުހުން ދިޔައިރު ސީން ވަނީ ރޫޅާލާފައިވާ ކަމަށެވެ.

ނަމަވެސް އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި އެކްސިޑެންޓުގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.