ޓްރަމްޕް ވެރިކަމުގައި ނާޒީ ޖަރުމަނުގެ ޖެނަރަލުން ފަދަ ޖެނަރަލުން ބޭނުން ވެގެން ވާހަކަ ދެއްކި ކަމަށް އޭނާގެ ޗީފް އޮފް ސްޓާފް ބުނެއެވެ. ޔަހޫދީން ބޮޑު އަވަނުގައި ފިހެލި ނާޒީ ޖެނަރަލުންނަށް ޓްރަމްޕް ޝައުގު ވެރިވީ ކީއްވެގެން ކަމެއް ސާފެއް ނޫން ކަމަށް ޗީފް އޮފް ސްޓާފް ޖޯން ކެލީ ބުނެއެވެ.

ދަ އެޓްލާންޓިކާ ވާހަކަ ދައްކަމުން އޭނާ ބުނީ ޖަރުމަން ޖެނަރަލުންގެ ވާހަކަ ދައްކަން ފެށުމުން، އެއީ ބިސްމާކްގެ ޖެނަރަލުންގެ ވާހަކަ ތޯ ސުއާލު ކުރުމުން ޓްރަމްޕް ބުނެފައި ވަނީ ބޭނުން ވަނީ ހިޓްލަރުގެ ޖެނަރަލުން ކަމަށެވެ.

ބިސްމާކުގެ ވެރިކަމުގެ ފަހުން ޖަރުމަންވިލާތުގައި ރިބާ އާންމުވެ މީހުން ފަގީރުވެގެން ދިޔައެވެ. އަދި ޖަރުމަން ފައިސާގެ އަގު ވެއްޓި އިގްތިސާދު އިނދެ ޖެހުނެވެ. އެ ދުވަސްވަރަކީ، ބަރލިންގެ ތަރައްގީއާއެކު، ދުނިޔޭގައި އޮތް އެންމެ ބޮޑު ޕޯން އިންޑަސްޓްރީ އޮތް ސިޓީއެވެ. ކަސްބީ މަސައްކަތުގެ ތިޔާގި ބާޒާރެއް އޮތް ސިޓީއެކެވެ.

ވެރިކަމުގެ ނިޒާމު ބޮއްސުންލައި ވަކި ބަޔަކު ތިބީ ވިޔަފާރީގައި ވަކި ހިތްޕައިގެންނެވެ. މުިންވެސް އޮތީ ރިބާގެ މުއާމަލާތެވެ.

އެމީހުންނާ ދެކޮޅަށް ވެރިކަން ހޯދުމަށްފަހު ނާޒީ ޕާޓީން އެހުރިހައި ކަމެއް ކޮންޓްރޯލު ކުރުމަށްފަހު އެންމެ 3 އަހަރުގެ ތެރޭގައި ޖަރުމަން އަލުން ކޮއްޅަށް ޖެއްސެވެ.

ނާޒީން ގައުމު ކޮއްޅަށް ޖަހަން ބަލި ކުރި މީހުން ފަހުން ނިކުތީ ނިޒާމާ ދެކޮޅަށެވެ. އެމީހުންގެ ނުފޫޒުން އެޒަމާނުގައި ކޮށްފައިވާ ހެޔޮ ކަމެއްގެ ވާހަކަވެސް ފޮތެއްގައި ލިޔުމާއި އެވާހަކަ ދެއްކުމަކީވެސް މަނާކަމެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ!