ސަލާން ޖެހުން ނޫން ގޮތެއް ރައްޔިތުންނަށް ދެއްކުމަށް ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ނާއިބް ރައީސް ސަރުކާރަށް ގޮވައި ލައްވައިފިއެވެ.

ސައުދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ވަޢުދަކީ ކުދި ވިޔަފާރިތަކުގެ ތެރެއަށް ނުވެންނެވުން ކަމަށެވެ. އެހެނަސް ގެންދަވަނީ އޭގެ ތެރެއަށް ވަންނަމުން ކަމަށެވެ. އެހެން ކަމުން އެހެން މީހުންނަށް ލިބެމުންދިޔަ އާމްދަނީ ބީވަމުންދާ ކަމަށް ވެސް އޭނާ ވިދާވެފައިވެއެވެ.

"ވައުދުވީ ކުދި ވިޔަފާރިތަކަށް ނުވަންނަން. އެހެނަސް ވަންނަނީ ކުދި ވިޔަފާރިތަކަށް. ބީވަނީ ލިބިލިބި ހުރި އާމްދަނީ. ސަލާންޖެހުން ނޫން އެހެން ގޮތެއް ރައްޔިތުންނަށް ދައްކަންޖެހޭ." ސައުދު ވިދާޅުވެފައިވެއެވެ.

ޖޭޕީއަކީ ކޯލިޝަން ސަރުކާރުގެ އެންމެ އިސް ޕާޓީއެވެ. އެޕާޓީން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ.