ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗް ކުރާ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީން ބުނީ "ރަށްވެހި ފަތިސް އަލިވިލުން"ގެ ނަމުގައި ބާއްވާ ކެމްޕައިން ލޯންޗް ކުރުމުގެ ޖަލްސާ އޮންނާނީ މިރޭ 08:30 ގައި ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ މި ޖަލްސާ ލައިވްކޮށް ބްރޮޑްކާސްޓް ކުރާނެ ކަމަށެވެ.

މުޅި ރާއްޖޭގައި އެކުއެކީ ފެށޭ މި ކެމްޕެއިން ހަރަކާތުގައި ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރެވޭނެ ގޮތާއި، ކެންޕެއިން ހަރަކާތައް ކުރިއަށް ގެންދާނެ ގޮތް ހާމަކުރެވޭނެކަމަށް އެމްޑީޕީން ބުނެއެވެ.