ފަތުރުވެރި ކަމުގެ ދާއިރާގައި ޑްރެނާޑާއި ރާއްޖެ ގުޅިގެން މަސްކަތް ކުރުމާ ބެހޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގްރެނާޑާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިންޓަނޭޝަނަލް ބިޒްނަސް އަދި ކެރިބިއަން ކޮމިއުނިޓީ (ކެރިކޮމް) އެފެއާޒް، އޮލިވަރ ޖޯސެފަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރު ޝާހިދުވަނީ ކޮވިޑް-19ގެ ސަބަބުން ދެގައުމަށް ކުރިމަތިވި ދަތިތަކަށް އަލިއަޅުވާލައި އެބަލިމަޑުކަމުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިވެހިރާއްޖެއާއި ގްރެނެޑާއަކީ ކުރިއަރަމުންދާ ކުދި ޖަޒީރާ ދެގައުމުކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދުވަނީ ކޮވިޑް-19 އިން އަރައިގަތުމުގައި ހުރި ދަތިތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.