މަކަރާއި ހީލަތުގެ މައްސަލައެއްގައި 52 އަހަރު ދިވެއްސަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މި މައްސަލައިގައި ހޯދަނީ އަބްދުﷲ އިބްރާހީމް، މ. އަރޫދާގެ / މާލެ (52އ) ކަމަށެވެ.

ފުލުހުން ބުނީ އަބްދުﷲ އިބްރާހީމް ހޯދަނީ ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އަދި މި މައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް އަބްދުﷲ އިބްރާހީމް ގަލޮޅު ޕޮލިސް ސްޓޭޝަނަށް، 2024 ނޮވެމްބަރު 7 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށްވެސް ފުލުހުންގެ އިއުލާނުގައި ވަނީ ބުނެފައެވެ،