މާލޭގައި ހިންގި ފޭރުމުގެ މައްސަލައަކާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ފޯޗިއުން، ފާތިމަތު އަލީ (37އ) އެވެ.

ފާތިމަތު އަލީ ހައްޔަރުކޮށްފައިވަނީ 2024 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 22:08 އެހައިކަންހާއިރު ބަނގްލަދޭޝް ރައްޔިތަކު މާލެ، ގަލޮޅު ގެއަކަށް އޮޅުވާލައިގެން ގެންގޮސް ވަޅިން ބިރުދައްކައި ފޭރިފައިވާ މައްސަލައާ ގުޅިގެންނެވެ.

ފާތިމަތު އަލީގެ ހައްޔަރާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފާތިމަތު ޢަލީއާއެކު މި އަމަލު ހިންގުމުގައި ބައިވެރިވެ، އެހީތެރިވިކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.