ތައިލެންޑްގައި ޔުނިވަރސިޓީ ކިޔަވާ ކުދިން ޗައިނާގެ ގައުމީ ދުވަސް ފާހަގަ ކުރީ ބެންކޮކްގައި ހުންނަ ޗައިނާ އެމްބަސީ ކައިރީގައި އިންސާނީ ހައްގުތަކަށް އަޑު އުފުލަމުންނެވެ.

އެގޮތުން ޓިބެޓް ސަލާމަތް ކުރުމަށާއި ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށާއި އުއިގުރު މުސްލިމުންގެ ހައްގަށް ތާއިދުކޮށް މުޒާހަރާ ޖައްސާފައި ވެއެވެ.

މުޒާހަރާ ކުރި ޒުވާނުން ބުނީ އެމީހުންގެ މަގްސަދަކީ ޗައިނާއިން 71 ފާހަގަ ކުރާއިރު ދުނިޔޭގެ މަސްރަހުގައި ޗައިނާގެ އަމަލުތަކުން ދިމާވާނެ ކަންކަން ޒުވާނުންގެ ސަމާލުކަމަށް ގެންނާށެވެ.