ޖަޕާނުގައި އަމިއްލައަށް މަރުވުމުގެ ހާދިސާތައް ކޮރޯނާއާ ގުޅިގެން އިތުރު ވުމާ ގުޅިގެން، ބޮޑު ވަޒީރު ވަނީ އައު މިނިސްތްރީއެއް އުފައްދަވާފައެވެ. އެކަނިވެރިންގެ ކަންކަމާ އަޅާލުމަށް މިނިސްޓަރ އޮފް ލޮންލިނެސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޓެޓްސޫޝީ ސަކަމޮޓޯއެވެ.

ބޮޑު ވަޒީރު ޔޮޝިހިޑޭ ސުގާ ވަނީ މިމިނިސްޓްރީގެ ދަށަށް އަމިއްލަ މަރުވާ މީހުންނާއި މިހުންގެ އެހަކެރި ކަމާއި އަންހެނުން އަމިއްލައަށް މަރުވުމާއި ދަރިމައިވުން ދަށްވުމާއި ކުޑަ ކުދިންގެ ފަގީރުކަމުގެ މައްސަލައްތަކާ އަޅާލުމުގެ މަސައްކަތް ވެސް ޙަވާލު ކުރައްވާފައެވެ.

ޖަޕާނަކީ އެކަނިވެރިކަމާއި ދިރިއުޅުމުގެ ފިއްތުންތަކާ ހެދި އަމިއްލައަށް ދަންޖެހޭ މީހުންގެ އަދަދު ގިނަ ތަނެވެ. ނަމަވެސް ކޮރޯނާއާ ގުޅިގެން އަމިއްލައަށް މަރުވުން ވަނީ އިތުރު ވެފައެވެ. ޚާއްސަ ކޮށް އަންހެނުން ފުރާނަ ނަގާލާ ނިސްބަތް ވަނީ އިތުރު ވެފައެވެ.

އަންހެނުންނަކީ މީހުންނާ ނީނދެ ތިބޭ އަމިއްލަ ހާލާގެން އުޅޭ ބަޔަކަށް ވެފައި އަދި ބައެއް މީހުންނަކީ ދާއިމީ ވާޒީފާއެއްގައި އުޅޭ ބަޔަކަށް ނުވުމުން އެމީހުންގެ މާޔޫސީ އިންތިހާއަށް އިތުރު ވެއެވެ.

އޮކްޓޯބަރު މަހު ޖަޕާނުގައި 880 އަންހެނުން އަމިއްލަ ފުރާނަ ނަގާލާފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 70 އިންސައްތައިގެ އިތުރު ވުމެކެވެ.

ޖަޕާނުން ވަނީ ހަތަރު ލައްކަ ހަތާވީހާހެއްހާ ކޮވިޑް ކޭސް ރިޕޯޓް ކޮށްފައެވެ.