މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން "ދަ ވޯލްޑް ބިގެސްޓް ގިވްއަވޭ" ގެ ނަމުގައި 52 ޗުއްޓީ ހިލޭ ދިނުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.
2025 ވަނަ އަހަރު ފެށިގެން ނިޔަލަށް ކޮންމެ މަހަކު އެމްއެމްޕީއާރްސީގެ ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ މުބާރާތުން މޮޅުވާ ހަތަރު ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ކެމްޕޭން އިފްތިތާހު ކުރެވިގެންދިގައީ 5 ނޮވެންބަރުވީ ދުވަހުއެވެ.
މި ކެމްޕޭނާ ބެހޭ ގޮތުން ވާހަކަދައްކަމުން އެމްއެމްޕީއާރްސީގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ ވަނީ މި ކެމްޕޭނުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާކަން ހާމަކޮށްފައެވެ.
"މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން އެންމެ ފުރިހަމައަށް ބަލާލަން ލިބިގެންދާނެ ރަނުގެ ފުރުސަތެއް. ދުނިޔޭގެ ކޮންމެ ކަންކޮޅަކުން ވެސް މި މުބާރާތުގައި ބައިވެރިވެ މޮޅުވެއްޖެނަމަ, ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ" މި ކެމްޕޭނާ ބެހޭ ގޮތުން ވާހަކަދައްކަމުން ޝިއުރީ ބުންޏެވެ.
މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެެރިކަން ކުރިއެރުވުމާއި ރާއްޖޭގައި ފަތުރުވެެރިންނަށް ލިބިގެންދާނެ ފުރިހަމަ ތަޖުރިބާތަކަށް ބޭރުގެ ދަތުރުވެރިންގެ ލޯތައް ހުޅުވާލުމެވެ.
އެމްއެމްޕީއާރްސީއިން އަންނަނީ ސޯޝަލް މީޑިއާގެ އިތުރުން ޓްރޭޑް ފެއަރ, ރޯޑްޝޯ އަދި އޮންލައިން ވެބިނާތައް ފަދަ އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައި ރާއްޖޭގެ ފަތުރުވެެރިކަމް އިޝްތިހާރު ކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.