މޯލްޑިވްސް ގޭސްއަކީ ދިވެހި ބަ ދިވެހި ބަދިގެތަކުގެ ރަސްގެފާނެވެ. މިއަދު ދިވެހިންގެ ދިރިއުޅުމުގައި މޯލްޑިވްސް ގޭސްއަކީ ނެތިގެން ނުވާނެ އެއްޗެކެވެ. ކެއްކުމާއި، ފެންހޫނުކުރުމާއި، އަދި އެހެނިހެން ބޭނުންތަކަށް މި އަގުހެޔޮ އަދި ފަސޭހަ ތަކެތި ބޭނުންކުރުމަކީ މިހާރު ދިވެހިންނަށް އާދަވެފައިވާ ކަމެކެވެ. އެހެންކަމުން، މިއަދު ދިވެހި ގޭބިސީތަކަށް މޯލްޑިވްސް ގޭސް ނެތި ނޫޅެވޭނެ ވަރުގެ އެއްޗަކަށް ވެފައިވެއެވެ.
މޯލްޑިވްސް ގޭސްއަކީ ރައްޔިތުންގެ ޚިދުމަތުގައި ވަރަށް ވަފާތެރި ބައެކެވެ. ރެޔާއި ދުވާލު ނުބަލައި، ގޭސް ހުސްވެގެން ގުޅާލުމުން ވަގުތުން ޚިދުމަތް ދިނުމަށް ތައްޔާރަށް ތިބޭ ބައެކެވެ. ރަށްރަށަށް ގޭސް ފޯރުކޮށްދިނުމުގައި އެ ބޭފުޅުންގެ ހިތްވަރާއި މަސައްކަތްތެރިކަން ފާހަގަކޮށްލެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައިވެސް މޯލްޑިވްސް ގޭހުގެ ޚިދުމަތް ލިބެމުންދެއެވެ.
މޯލްޑިވްސް ގޭސްގެ ކާމިޔާބީގެ އަނެއް ސިއްރަކީ އެ ކުންފުނީގެ ހިންގުންތެރި އެމް.ޑީ އާއި އެކު މަސައްކަތްކުރާ ވަރަށް މުރާލި ޓީމެކެވެ. މި ޓީމުގެ އެއްބައިވަންތަކަމާއި ގުޅިގެން މަސައްކަތްކުރާ ގޮތުގެ ސަބަބުން، ކަސްޓަމަރުންނަށް އަބަދުވެސް ފެންވަރު ރަނގަޅު ޚިދުމަތެއް ލިބެމުންދެއެވެ. އަދި ހަމަ އެހެންމެ، އައު އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރަފުކުރުމުގައި ވެސް އިސްނަގައިގެން މަސައްކަތްކުރަމުންދެއެވެ.
މޯލްޑިވްސް ގޭސްއަކީ ހަމައެކަނި ދިވެހި ބަދިގެތަކުގެ ރަސްގެފާނެއް ނޫނެވެ. އެއީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. ރައްޔިތުންނަށް އަމާނާތްތެރިކަމާއެކު ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރާ ބައެކެވެ. އަދި ޤައުމުގެ ތަރައްޤީއަށް އެހީތެރިވަމުންދާ ވިޔަފާރިއެކެވެ.
ޢަބްދުﷲ ޕްރޮމޯޓް ކުރާނެ ކަމެއް ނެތް
އަބްދުﷲ އަކީ އޭނާއާއި ގާތް މީހުންނަށް ވަރަށް ރަނގަޅު މީހެއް. މީހުން ބުނާކަންތައްވެސް ކޮށްދޭނެ. މައްސަލައަކީ ފޯނެއް ނުނަގާނެ ބައްދަލެއް ނުކުރާނެ
ކަނޑަ އެޅިގެން ދޮގެއް
ބޯފަން ލާރި ދިނީތަ ލިޔެދޭން
ކޮންމެހެން ލާރި ދީގެންތަ މީހުންގެ ރަނގަޅުވާހަކަ ލިޔަން ޖެހެނީ ހާދަ ހެއްވާ ދޯ އަލީ. އަލީ ނުޖެހޭ ޒާތީވާކައް