44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އާޓް އެގްޒިބިޝަނަށް އާޓްވޯކް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސްއިން ހުޅުވާލައިފިއެވެ.

"ސީސައިޑް ސްޓޯރީސް - ސެލެބްރޭޓިންގ ފިޝަރީޒް ތްރޫ އާޓް" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެގްޒިބިޝަން އޮންނާނީ 2024 ވަނަ އަހަރުގެ ޑިސެންބަރު 12 އިން 14 އަށް މާލޭގައެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ތީމަކީ "މަސްވެރިކަމުގެ ސިނާޢަތު ސިންދަފާތު ކުރުމަށް ޒުވާނުންގެ ބައިވެރިވުން" އެވެ. މި ތީމާ ގުޅޭގޮތުން މަސްވެރިކަމުގެ ސިނާޢަތު ސިންދަފާތު ކުރުމާއި އައު ޖީލެއްގެ މަސްވެރިން އުފެއްދުމުގެ މުހިންމުކަން ފާހަގަކޮށް އާޓްވޯކްތައް ހުށަހެޅުމަށް ވަނީ އިޢުލާނުގައި ބަޔާންކޮށްފައެވެ.

މި އެގްޒިބިޝަނަށް ކުރެހުން، ކުލަޖެހުން، ޑިޖިޓަލް އާޓް، ސްކަލްޕްޗަރ އަދި މިކްސްޑް މީޑިއާގެ ބާވަތްތަކުން އާޓްވޯކް ހުށަހެޅިދާނެއެވެ. އުމުރުން 16 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް މި އެގްޒިބިޝަނުގައި ބައިވެރިވެވޭނެއެވެ.

އާޓްވޯކް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 21 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީން ދީފައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. އަދި ނިމިފައިވާ އާޓްވޯކްތައް 11 ޑިސެންބަރު 2024 ވާ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ގެންދަންވާނެއެވެ.

މިނިސްޓްރީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި އެގްޒިބިޝަނަށް އާޓްވޯކު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމެއް ފުރިހަމަކުރުމަށްފަހު 21 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަކުރުމަށް ޚާއްޞަ ލިންކެއް މިނިސްޓްރީން ދީފައިވެއެވެ.

މި އެގްޒިބިޝަނަކީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ހަރަކާތެކެވެ. މީގެ މަޤްޞަދަކީ މަސްވެރިކަމާ ގުޅުންހުރި އާޓްވޯކްތައް ޢާންމުންނަށް ދެއްކުމާއި، މަސްވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހުނަރުވެރި ފަންނާނުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ހިތްވަރު ދިނުމެވެ.

މި އެގްޒިބިޝަނުގައި ބައިވެރިވާ އާޓްވޯކްތަކުގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު އެއް އާޓްވޯކަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

އިތުރު މައުލޫމާތު ހޯދެއްވުމަށް މި ލިންކް ބޭނުންކުރުމަށް މިނިސްޓްރީން ވަނީ އެދިލައްވާފައިއެވެ.