ނެދަރލެންޑްގެ ވެރިރަށް އެމްސްޓެޑަމްގައި ފުޓުބޯޅަ މުބާރާތެއް ނިމުމުން، ހިނގައިދިޔަ ހަމަނުޖެހުމުގައި އިޒްރޭލު ބަޔަކަށް ވަރެއް ކޮށްލައިފިއެވެ. 60 މީހަކު ހަސްފަތާލަށް ގެންދިޔަ ހާދިސާއާ ގުޅިގެން 5 މީހަކު ހައްޔަރުކުރި އެވެ.

އިޒްރޭލުން ވަނީ ސަޕޯޓަރުން އިޒްރޭލަށް ގެނައުމަށް މަތިންދާބޯޓެއް ފޮނުވާފައެވެ.

އިޒްރޭލު ސިފައިންނަށް އަންގާފައި ވަނީ އެހެން އެންގުމެއް އަންގަންދެން ސިފައިން ނެދަރލެންޑަށް ދިއުމަކީ މަނާ ކަމެއް ކަމަށެވެ.

މި ހަމަނުޖެހުމަކީ އިޒްރޭލު މީހުން އެނބުރި ގޭސްގަނޑެކެވެ.

އިޒްރޭލު މީހުން ފަލަސްޠީނާއި ފަލަސްޠީނަށް ސަޕޯޓު ކުރާ މީހުންނާ ދެކޮޅަށް ހަމަނުޖެހުން އުފައްދައި، އެމްސްޓެޑަމްގައި ފުރައްސާރަ ކުރާތާ 3 ދުވަސް ވެއްޖެއެވެ. ތަންތާނގައި އެލުވާފައި ހުރި ފަލަސްޠީނު ދިދަ ވެސް އިމާރާތުން ބޭރުން އަރައިގެން ނަގައިފައި ވެއެވެ. އެންމެ ފަހުން ޒަޔަނިސްޓުންގެ ޓީމާއި ނެދަރލެންޑް ޓީމަކާ އެކު މެޗް ކުޅެގެން ނިމުމުން ޔަހޫދީން ހަމަނުޖެހުން އުފައްދައި ދިމާކުރަން އުޅުމުން މީހުން ޒަޔަނިސްޓު ޔަހޫދުންނާ ކުރިމަތިލީއެވެ.

އިޒްރޭލުގެ އައު ޚާރިޖީ ވަޒީރު ގިޑޯން ލީވީ ވަނީ އެމްސްޓަޑަމަށް ފުރާފައެވެ.

ބޮޑު އަވަނުގައި ޔަހޫދީން ފިހެލުމުން ކުށްވެރިވެފައިވާ ޔަހޫދީންގެ ދަށުވެފައިވާ ޔޫރަޕްގެ މަސްއޫލު ވެރިން ވަނީ ނިކަން އަވަހަށް މިމައްސަލަ ކުށްވެރިކޮށް އިޒްރޭލު މީހުންނަކީ އަނިޔާއެއްގެ ޝިކާރައަކަށްވި ބައެއް ކަމަށް ދައްކަން އުޅެފައެވެ.

މި ހާދިސާގައި އިޒްރޭލަށް ހަމްދަރްދީވެ ކުށްވެރި ކުރި ފުރަތަމަ މީހުންގެ ތެރޭގައި ޔޫރަޕް ޖަމާއަތުގެ ރައީސް އުރްސަލާ ހިމެނެއެވެ. އަދި ޖަރުމަން ޚާރިޖީ ވަޒީރުވެސް ހިމެނެއެވެ. ދެވެރިންނަކީވެސް ޔަހޫދީން އަންދާލުމަށް އަމުރު ކުރި، ބައިކުޅަ މައި މަތިމަސްލީ މީހާ ވެރިކަން ކުރި ގައުމުގެ ރައްޔިތުންނެވެ.

ފަލސްޠީނު ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނެދަރލެންޑުން ފަލަސްޠީނު މީހުންނާއި އަރަބިން ހިމާޔަތް ކޮށްދިނުމަށް ގޮވާލާ ކަމަށެވެ. އަދި ފަލަސްޠީނު މިނިވަންކަމަށް ތާއީދުކޮށް އުޅޭ އެކްޓިވެސްޓުން ހިމާޔަތްކޮށް ފަލަސްޠީނުގެ ދިދަ އަށް ޙުރުމަތްތެރިކޮށް ހިތުމަށްވެސް ނެދަރލެންޑަށް ގޮވާލާ ކަމަށެވެ.