ޔަހޫދުންގެ ގައުމީ ޓީމު ފްރާންސްގައި ފުޓްބޯޅަ މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގައި 80 ހާސް ގޮނޑި ޖަހާފައި ވެއެވެ. ނަމަވެސް މިހާތަނަށް ވިއްކިފައި ވަނީ 20 ހާސް ޓިކެޓެވެ.
ޒަޔަނިސްޓު ޔަހޫދުންނާ މެދު ދުނިޔޭގެ މީހުންގެ މެދުގައި ނަފްރަތު އާންމު ވަމުން ދިއުމާ ގުޅިގެން ޒަޔަނިސްޓުންގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ އިޒްރޭލުން ބޭރުގައި އޮންނަ މުބާރާތްތަކުގައި ޔަހޫދުން ބައިވެރި ނުވާން އަންގާފައެވެ.
ނެދަލެންޑްސްގައި އޮތް މެޗުގައި ޔަހޫދުން ނުލަފާ އަރުވައި ހަމަނުޖެހުން އުފެއްދުމާ ގުޅިގެން ފަލަސްޠީނަށް ސަޕޯޓު ކުރާ މީހުން ޔަހޫދީންނަށް ހަމަލަ ދިނުމުން، ޒަޔަނިސްޓު މީޑިއާއިން ވަނީ ޔަހޫދުން ރަނގަޅުކޮށް ފަލަސްޠީނަށް ސަޕޯޓު ކުރި މީހުން ނުބައި މީސްކޮށްފައެވެ.
ފްރާންސްގެ މެކްރޮން ރައީސް ވަނީ ޕެރިސްގައި ޔަހޫދު ޓީމުން ކުޅޭ މެޗުބަލައި ޒަޔަނިސްޓުންނަށް ސަޕޯޓު ކުރަން އޭނާވެސް ސްޓޭޑިއަމަށް ދާނެ ކަމަށް ބުނެފައެވެ.
ފްރާންސުން ބުނެފައި ވަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 4 ހާސް ފުލުހުން ނެރޭނެ ކަމަށެވެ. އަދި ބަސްތަކާއި މަގުތަކާއި ސްޓޭޑިއަމްގައި އެމީހުން ބައިތިއްބާނެ ކަމަށެވެ. އޭގެ އިތުރުން ޒަޔަނިސްޓުންގެ ޓީމުގެ ހަށި ފާރައަށް 1600 ފުލުހުން ބައިތިއްބާނެ ކަމަށްވެސް ފްރާންސުން ބުނެފައި ވެއެވެ.
މިހާރު ޒަޔަނިސްޓު ޔަހޫދުންނަށް ކޮންމެ ދުވަހަކީ ވެސް އަގު ވެއްޓި ބާރު ކެނޑެމުންދާ ވޭންދެނިވި ދުވަހެކެވެ.