ޑްރޯން ބޭނުންކޮށްގެން ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާގެ މައި އޮފީސް ކައިރިން ޑްރޯން ދުއްވައި ފޮޓޯނެގި މައްސަލާގައި ހައްޔަރު ކުރި ޗައިނާ މީހަކު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

އުމުރުން 40 އަހަރުގެ ޗައިނާގެ ރައްޔިތު މީހާ ހައްޔަރު ކުރީ އޭވިއޭޝަން ސޭފްޓީ ގާނޫނާ ހިލާފަށް ސޯލްގެ ދެކުނުގައި ހުންނަ ނޭޝަނަލް އިންޓެލިޖެންސް ސާވިސްގެ މައި މަރުކަޒުގެ ފޮޓޯ ނެގުމުންނެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ އަމަލެއް ފެންނަން ނެތް ކަމަށް އޭނާ ދޫކޮށްލީ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމީހާ ފުލުހުންނަށް މައުލޫމާތު ދިނީ އޭނާ ފޮޓޯ ނެގީ އާސާރީ ތަންތަނުގެއެވެ.