ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް ގޮވާލި ޒަޔަނިސްޓު ޔަހޫދީންނަށް އެމްސްޓެޑަމްގައި ދިން ހަމަލައަކީ އެމީހުންގެ އަމަލުތަކުން އެމީހުން ބުއި ބޮނޑިއެއް ކަމަށް ވިދާޅުވެ ޓުއީޓު ކުރެއްވި ފްރާންސްގެ އެމްޕީގެ މައްސަލަ ބެލުމަށް ފްރާންސްގެ ހޯމް މިނިސްޓަރު ގޮވާލައްވައިފިއެވެ.
ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ބްރޫނޯ ރެޓައިލޯ ވަނީ ފްރާންސް އިންސޫމިސް ރީޖަންގެ މެމްބަރު މާރީ މެސްމޭރ ގެ މައްސަލަ ޕްރޮސެކިއުޓަރަށް ރިޕޯޓްކުރއްވާފަ އެވެ.
އިޒްރޭލު މީޑިއާއިން ގުޅުމުންވެސް މެސްމޭރ ވަނީ އޭނާގެ ޓުއިޓާ ޕޯސްޓްގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. އޭނާއަށް ފްރާންސްގެ ބައެއް ފަރާތްތަކުން ސަޕޯޓުކޮށްފައިވާއިރު ބައެއް ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ.
މެސްމޭރ ވިދާޅިވީ އޭނާގެ މައްސަލައަކީ ޒަޔަނިސްޓު ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ ދެއްކުމެވެ.