ހަނގުރާމައަށް އަންނަން އެންގުމުން ޒަޔަނިސްޓު ޔަހޫދުން ހަނގުރާމަ ކުރާން ބޭނުން ނުވާކަމަށާއި ބަހަނާތައް ދައްކާ ކަމަށް އިޒްރޭލު ސަރުކާރުން އެންމެފަހުން އެއްބަސްވެއްޖެއެވެ. އިޒްރޭލު ޑިފެންސް މިނިސްޓްރީން ބުނަނީ ސިފައިންގެ ޚިދުމަތަށް ނިކުތުމަށް އެންގުމުން އެކަމަށް އިޖާބަ ދޭމީހުންގެ އަދަދު މިޙާރު ވަނީ 15 ޕަސެންޓާއި 25 ޕަސެންޓާ ދެމެދަށް ދަށްވެފައެވެ.

ކޮމާންޑަރު ސިންވާރުގެ އަމުރަށް ހިފާފައިވާ ބިންތަކަށް ފަލަސްޠީނު މީހުން ވަން ހާދިސާއާ ގުޅިގެން ސިފައިންގެ ތެރެއަށް ވަނުމަށް ގޮވާލި ގޮވާލުންތަކަށް ޒަޔަނިސްޓުން 100 އިންސައްތަ އަށް އިޖާބަ ދިނެވެ. ނަމަވެސް އެއަށްފަހު އަދަދުތައް ދަށްވިއެވެ.

ސަންދޯތައް ފެނުމާއި ޣައްޒާއިން އަންނަ މީހުންގެ ގުނަވަންތަކުން ބައިބައިކުޅަ ބައި އުނިވެފައި ހުންނަ މަންޒަރު ފެނުމުން، ޒަޔަނިސްޓުންގެ ހިތަށް ބިރުވެރިކަން ވަދެ، ބޮނދަން ފަށާފައި ވެއެވެ.

އިޒްރޭލު ޑިފެންސް މިނިސްޓްރީން ބުނަނީ، މީގެ 6 މަސް ކުރިން އެމީހުންގެ އެނައުންސްމެންޓްތަކަށް އިޖާބަ ދޭ މިންވަރު 85 ޕަސެންޓަށް ދަށްވި ކަމަށެވެ. އަދި އެއަށްފަހު، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 75 ޕަސެންޓަށް ވެއްޓުނު ކަމަށެވެ.

ޒަޔަނިސްޓުންގެ ރިޒާވް ސިފައިން ޚިދުމަތަށް ގެންނައިރު އެމީހުން ޑިއުޓީގައި އުޅޭ ދުވަސްތަކުގެ ޖުމުލަ އަދަދު 200 އަށް އަރާފައި ވެއެވެ. ޒަޔަނިސްޓުންގެ ސިފައިންގެ ގާތްގަނޑަކަށް 60 ޕަސެންޓަކީ ރިޒާވް ސިފައިންނެވެ.

ޣައްޒާގައި ޒަޔަނިސްޓުން ހިންގި ގަތުލުއާންމަށް 3 ލައްކަ ޔަހޫދުން ބޭނުން ކުރިއެވެ.