ރާއްޖެއިން މިހާތަނަށް 105،492 މީހުން ވެކްސިން ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު އެކަނި 6،073 މީހުން ވަނީ މުޅި ރާއްޖެއިން ވެކްސިން ޖަހާފަ އެވެ.

މިއަދު މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 31،47 މީހުންނެވެ. އަތޮޅުތަކުން މިއަދު ވެކްސިން ޖެހީ 2،926 މީހުންނެވެ.

މިހާތަނަށް މާލެއިން ޖުމްލަ 72،872 މީހުން ވެކްސިން ޖަހާފައިވާއިރު، އަތޮޅުތަކުން މިހާތަނަށް ވެކްސިން ޖަހާފައި ވަނީ 32،620 މީހުންނެވެ.

މާލޭ ސިޓީގައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 4:30 އަށް ވެކްސިން ޖެހޭނެ އެވެ. ވެކްސިން ޖެހުމަށްޓަކައި ހަ ވެކްސިނޭޝަން ސެންޓަރެއް މާލޭ ސަރަހައްދުގައި ވަނީ ގާއިމްކޮށްފަ އެވެ.

މާލެ ސަރަހައްދުގެ ވެކްސިނޭޝަން ސެންޓަރުތައް:

  • ސޯޝަލް ސެންޓަރު
  • އިސްލާމީ މަރުކަޒު
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު
  • ހުޅުމާލޭ ކުރީގެ ފްލޫ ކުލިނިކް
  • ރައްޔިތުންގެ މަޖިލިސް
  • ޓްރީޓޮފް ހޮސްޕިޓަލް

އެ ތަންތަނުން 25 އަހަރުން މަތީގެ ކޮންމެ މީހަކަށް މިހާރު ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ މާލޭގައި ވެކްސިނަށް އޮތް ތަރުހީބު ވަރަށް ދަށް ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެކްސިނޭޝަން ސެންޓަރުތަކަށް ގޮސް ވެކްސިން ޖެހުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.